ދިޔާނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީގުޅުންތަކުގެ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުރަތަމަ ކެބިނެޓް އެކުަލަވައިލެއްވި އިރު ދިޔާނާއަކީ އެޓާނީ ޖެނެރަލް އެވެ. ނަޝީދުގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާދެއްވި އިރު ދިނާ ވެސް އިސްތިއުފާ ދެއްވި އެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް މި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން ނެގި ރެފަރަންޑަމްގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުގެ ސްޓޭންޑް ދިފާއު ކުރުމުގައި އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ދިޔާނާ މަސައްކަތް ކުރެއްވި އެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު، ދިޔާނާގެ އިތުރުން ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;