ads
ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އަޅަން އަންގައިފި
ދަރިވަރުން ސްކޫލަށް ނުދާ ސަބަބު ހޯދައި އެކަށީގެންވާ ސަބަބެއްނެތި ސްކޫލަށް ނުދާ ނަމަ ފިޔަވަޅު އަޅަން ޕްރިންސިޕަލުންނަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވަނީ، މި ދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 8000އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށާއި އޭގެތެރެއިން 40 އިންސައްތަ ކުދިންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރުގެ މި ވާހަކަތަކާއި ގުޅިގެން އެކަމަށް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވަނީ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފިއު ވިދާޅުވީ ސްކޫލަށް ދަރިވަރުން ހާޒިރުވާ ގޮތުގެ އެޓެންޑެސް ރިޕޯޓު ކޮންމެ ދުވަހަކު ސްކޫލުތަކުން މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައިވާނެ ކަމަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވަމުން ނުދާކަން ދެނެގަނެވުނީ އެ ރިޕޯޓުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ސްކޫލަށް ދަރިވަރަކު ނުދާ ނަމަ އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ޕްރިންސިޕަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެއްވެސް ސަބަބަކާހުރެ ސްކޫލަށް ނުދާ ދަރިވަރުން ދެނެގަނެ ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަށީގެންވާ ފިޔަވަޅުތައް އަޅައި މިއީ އަޅުގަނޑުމެން އެޑްރެސްކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދަންނަވަން. ސަރުކާރުން ދޭން ބޭނުންވާ ޔަގީންކަމަކީ ސްކޫލަށް ކުއްޖަކު ނުގޮސް ހުރުމަކަށް ދޫކޮށެއް ނުލާނަން." ޝަފީއު ވިދާޅުވިއެވެ.

ސްކޫލަށް ނުދާ ދަރިވަރުންނަށް އެންމެ ހަރުކަށި ފިޔަވު އަޅަން ފެށީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި އޭރު ސްކޫލަށް ނުދާ ކުދިން ދެނެގަނެ ކުދިން އަލުން ސްކޫލަށް ގެނައުމަށް ގިނަ މަސައްކަތްކަކެއް ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އަނެއްކާ ވެސް އެމްޑީޕީއަށް ވެރިކަން ލިބުމާ އެކު "މޮނިޓަރިން މެކޭނިޒަމް" ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;