ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެމްޑީޕީން އަރަބިއްޔާ ދަރިވަރުން ގެންގުޅުނީ ރެފިއުޖީން ގޮތަށް: ޝަފީއު
އިދިކޮޅު އެމްޑީޕީގެ ސަރުކާރުން އެންމެ ހިތްދަތިކޮށް ކަންކޮށްފައިވާ ސްކޫލަކީ އަރަބިއްޔާ ކަމަށާއި އެ ސްކޫލުގެ ދަރިވަރުން ރެފިއުޖީންގެ ގޮތުގައި އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

އަރަބިއްޔާ ސްކޫލް އަޅަން ބިން ހަވާލުކުރިތާ ގާތްގަނޑަކަށް ތިން އަހަރުވެފައިވާއިރު، އެ މަސައްކަތް އޮތް ހިސާބެއް ސާފުކޮށްދޭން މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ ނޮވެމްބަރަށް  ނިމޭނެކަމަށެވެ. އަދި އަންނަ އަހަރު އެ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އެމްޑީޕީގެ ދެ ސަރުކާރު ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު  ސާލިހުގެ ސަރުކާރުގައި ވެސް އަރަބިއްޔާ ސްކޫލަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. އެގޮތުން އެ ސްކޫލްގެ ދަރިވަރުން ގެންގުޅުނީ ރެފިއުޖީންގެ ގޮތުގައިކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. 

"އެންމެ ހިތްދަތި ގޮތަކަށް ކުރީގެ ސަރުކާރުން ކަންކަން ކޮށްފައިވާ ސްކޫލަކީ އަރަބިއްޔާ ސްކޫލް. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސްކޫލު ނަގައި ކުދިން ރެފިއުޖީންތަކެއްގެ ގޮތުގައި ގެންގުޅުނީ. ދެވަނައަށް އެމްޑީޕީއަށް ވެރިކަން ލިބުނުއިރު ވެސް ތަންތަނަށް ބަހަމުން ދިޔައީ. ފުރަތަމަ ސައުދީ އެމްބަސީ ހުރި ބިމުގައި. އޭގެ ފަހުން ވެލާނާގޭ ކައިރީގައި ހުރި ދަރުމަވަންތަ ބިލްޑިންގައި. އެގޮތަށް ބަހަމުން ގޮސް ވަރަށް ނޭދެވޭ އަސަރު ދަރިވަރުންނަށް ކޮށްފައި ވަނީ،" ޝަފީއު ވިދާޅުވިއެވެ.

އަރަބިއްޔާގެ އާ އިމާރާތަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ވެސް ވައުދެކެވެ. އެހެންނަމަވެސް ދައުރު ނިމުނުއިރު ވެސް މަސައްކަތެއް ނުފެށެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;