ads
ވޯލްޑް ކަޕުގައި ކޮލަމްބިއާއާ ވާދަކޮށް ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވުމާއެކު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ރޮއިޓަރސް
ފީފާ ވޯލްޑް ކަޕް: ކޮލަމްބިއާ ބަލިކޮށް ކުއާޓާގެ ފަހު ޖާގަ ސްވިޒަލެންޑަށް
ޕެނަލްޓީ ޖަހައިގެން 4-3 އިން ކޮލަމްބިއާ ބަލިކޮށް އެ ޓީމު ކަޓުވާލުމަށް ފަހު ސްވިޒަލެންޑުން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
Advertisement

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ދެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން މެޗުގެ ކޮލަމްބިއާގެ ގުސްޓާވޯ ޕުއޭޓާ ޖެހި ޝޮޓް ސްވިޒަލެންޑް ކީޕަރު، ގްރެގަރީ ކޮބެލް މަަތަކުރިއިރު މެޗުގެ 31 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ފަބިއަން ރައިޑާ ތިރިތިރިން ފޮނުވާލި ޝޮޓް ކޮލަމްބިއާގެ ކީޕަރު، ކަމީލޯ ވާގާސް ވަނީ މަތަކޮށްފަ އެވެ.

your imageފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގެ ފަހު މެޗުގައި ކޮލަމްބިއާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެެރެއިން.

ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތައް އުފައްދަން މަސައްކަތް ކުރިއިރު، މެޗުގެ 90 މިނެޓް ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން ފުރަތަމަ ހާފުގެ ތެރޭގައި ކޮލަމްބިއާ ޖޯން ލުކޫމީ ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އަދި، އޭރިއާބޭރުން، ޖަމިންޓަން ކަމްޕާޒް ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު ކޮބެލް އަތުުގައި ޖެހިފައި ކޯނަރަކަށެވެ.

މެޗުގައި ކޮލަމްބިއާއިން ޕެނަލްޓީތައް ކާމިޔާބުކުރީ ހުއާން ކުއަންޓޭރޯ އާއި ކެމްޕާޒް އާއި ލުއިސް ޑިއޭޒް އެވެ. ނާކާމިޔާބުވީ ޑެވިންސަން ސަންޗޭޒް އާއި ކުޗޯ ހެނާންޑޭޒްގެ ޕެނަލްޓީ އެވެ.

ކުޗޯ ހެނާންޑޭޒްގެ ޕެނަލްޓީ ސްވިޒް ކީޕަރު ކޫބެލް މަތަކުރިއެވެ. ޑަވިންސަން ސަންޗޭޒްގެ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ.

ސްވިޒަރލެންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ޝަކާ އާއި ޒެކީ އަމްދޫނީ އާއި ސެޑްރިކް އިޓެން އާއި ރުބެން ވާގަސްް އެވެ. ސްވިޒަރލެންޑުން އުފާފާޅުކުރީ ވާގަސްގެ ޕެނަލްޓީ ކާމިޔާބުކުރުމަށްފަހުއެވެ. ޑިފެންޑަރ އަކަންޖީގެ ޕެނަލްޓީ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ. 

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލް މެޗުތައް

ފްރާންސް - މޮރޮކޯ

ސްޕެއިން - ބެލްޖިއަމް

ނޯވޭ - އިންގްލެންޑް

އާޖެންޓީނާ - ސްވިޒަލެންޑް 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;