ads
ފުލުހުން ހޯދައިދޭން އެދޭ މީހާ
މީ މީހެއްގެ ކާޑުން ފައިސާނެގި ވަގެއް، ފުލުހުން އެދެނީ ހޯދައިދޭން
މީހެއްގެ ކާޑުން ފައިސާނެގި ވަގެއް، ހޯދައިދޭން އާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
Advertisement

ފުލުހުން ބުނީ މީހާއަކީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުން ވެފައިވާ މީހެއްކަމަށެވެ. އެހެންނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ވަނީ މި މިހާ އޭޓީއެމަކުން ފައިސާ ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާޢްމުކޮށްފައެވެ. 

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިހުގެ ނަންބަރު 9400053 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު އަދާ ކުރާކަމަށް ފުލުހުން ބުނެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;