ads
މާލޭގައި ގެއެއް ރޯވެ އަނދަނީ
މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ގެއެއް ރޯވެ އަނދަނީ
މާލޭގައި އަލިފާނުގެ ހަދިސާއެއް ހިނގައި ގެއެއް ރޯވެ އަނދަން ފަށައިފިއެވެ.
Advertisement

އެނގިފައިވާ ގޮތުގައި އަލިފާން ރޯވެ އަނދަމުން ދަނީ މާފަންނު މުނިޔާ މަގުގައި ހުރި ގެއެއްގައެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މަންޒަރުތަކަށް ބަލާއިރު އެގޭގައި ރޯވެ ގައަށް އަންނަނީ ދުން އަރަމުންނެވެ. 

އެމްއެންޑީއެފުން ބުނީ އަލިފާން ރީވެފައިވަނީ މާފަންނުގައި ހުންނަ ޖަޔާ ކުޝަން ކައިރީގައި ހުރި އިމާރާތެއްގައިކަމަށެވެ. އަދި އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުން އަދިވެސް ބޯކޮށް ދުން އަރަމުންދެއެވެ. 

އެންޑީއެމްއޭއިން ބުނީ ދެބުރިއަށް އިމާރާތްކޮށްފައިވާ އެ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫންކަމަށެވެ. އެހެން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އިމާރާތާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 10 ބިދޭސީއަކު ވަނީ ވަގުތީ ގޮތުން ހުސްކޮށްފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;