ads
ރައީސް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަން ނައްތާލާފައިވާ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ސިޔާސީ ގޮތުން ބަދަލުހިފުމުގެ ވިހަގަދަ ރޫހުން ރާއްޖެ މިނިވަންކޮށްދީފިން: ރައީސް
ސިޔާސީ ވެރިންނަށް އޮތް އަޅުވެތިކަން ނައްތާލައި ސިޔާސީ ގޮތުން ބަދަލުހިފުމުގެ ވިހަގަދަ ރޫހުން ރާއްޖެ މިނިވަންކޮށްދީފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީގެ މިނިވަންކަން ޔަގީން ކޮށްދީފައި މިންވަރަށް ދުވަހަކު ވެސް ރާއްޖޭގައި އެކަން ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ. 

ރައީސް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ވެސް، މިހާތަނަށް ނުދޭ މިނިވަންކަން މި ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން، މިސާލެއްގެ ގޮތުން ނެންގެވީ، ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަހެއް ނެތުމާއި އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ސްކޫލު ހޯލުތަކާއި ދައުލަތުގެ މުއައްސަސާތައް ދިނުމާއި އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުން ބާއްވަން ވެސް އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.

އެކަމަކު އޭގެ ތެރެއިން ވެސް އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ސިޔާސީ ވެރިންނަށް އޮތް އަނިޔާވެރިވުން ނައްތާލުމެވެ.

"ސިޔާސީ ވިހަގަދަ ބަދަލު ހިފުމުގެ ރޫހުގެ އަޅުވެތިކަމުން މި ގައުމު އަޅުގަނޑުމެން ވާނީ މިނިވަންކޮށްދީފައި. މި ގައުމުން އަނިޔާވެރިކަން ނިމުމަކަށް ގެނެސްފައި. އެހެން ނޫނީ ސިޔާސީ ވެރިން ތިބެން ޖެހެނީ އިދިކޮޅުގައި ތިބޭއިރު އަނިޔާވެރިކަމަށް ހުށަހެޅިފައި، އަޅުގަނޑުމެން ކުރީގެ އެއްވެސް ލީޑަރަކު ޖަލަކަށް ނުލަން" ރައީސް ވިދާޅުވި އެވެ.
އެއާ އެކު، ޝަރުއީ ދާއިރާގެ މިނިވަންކަން ވެސް މި ސަރުކާރުން ޔަގީންކޮށްދީފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަމުގައި އެންމެ ބޮޑު ހުރަހަކަށް އޮތީ މާލީ ކަންކަން ކަމަށާއި މިހާރު މި ސަރުކާރުން ވާނީ ޝަރުއީ ދާއިރާގެ ބަޖެޓް ބޮޑުކޮށް ވަކިން ހަރަދު ކުރެވޭނެ ގޮތް ހަމަޖައްސައިދީފައި ކަމަށެވެ. އަދި ޖާގަ ތަނަވަސް އިމާރަތްތައް ވެސް ކޯޓުތަކަށް ހޯދައިދީފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.   

ރައީސް ވިދާޅުވީ އެކި ސަރުކާރުތަކުން އެކި ކަހަލަ ފޮރިން ޕޮލިސީތައް ގެންގުޅެފައިވާ ކަަމަށާއި އެހެން ބައެއްގެ އަތްދަށުގައި ނުވަތަ ބާރުގެ ދަށުގައި ރާއްޖޭގެ ހާރިޖީ މިނިވަންކަން އޮތް ދުވަސްތަކެއް ވެސް ދިޔަ ކަމަށެވެ. އެކަމަކު މި 'ގޮނޑިކޮއްކޮ' ހާރިޖީ ސިޔާސަތަކީ ރާއްޖެއަށް އޮތް ހެޔޮގޮތް ނޫން ކަމަށާއި 'ދިވެހީންގެ ރާއްޖެ'އިން އިސްކުރާނީ ދިވެހިންގެ ސިޔާސަތު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;