އެ ކައުންސިލުން ބުނީ މީގެ ކުރިން ވެސް ކައުންސިލުންވަނީ މި ފަދަ ތަންތަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އަންގާފައިކަމަށެވެ. މިފަދަ ތަންތަންފާހަގަވާނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް، ފޮޓޯ އާއި ވީޑިއޯ ފޮނުވައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މާލޭގެ މަގުތަކަށް ހާއްސަކޮށް ޕޭމަންޓްމައްޗަށް ފެން ތިކި ޖަހަނީ، ޢިމާރާތްކުގައި ހަރުކޮށްފަ ހުންނަ އޭސީ ހޮޅިތަކާއި ދިޔަދޮވި ހޮޅިތަކުންކަމަށް ކައުންސިލުން ބުނެއެވެ. މި ކަމުގެ ސަބަބުން ހިނގައިބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކަށް ވަރަށް ބޮޑަށް އުނދަގޫވާކަން ފާހަގަކުރެވޭކަމަށްވެސް ކައުންސިލުން ބުނެއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މީގެ ކުރިން ވެސް މާލޭގެ މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ފާހަގަކޮށް، އެ ތަންތަން ރަނގަޅުކުރަން އަންގައިފައިވާނެ ކަމަށެވެ. ނަމަވެސް، އަނެއްކާ ވެސް މި ކަންކަން ތަކުރާރުވަމުންދާތީ، ރައްޔިތުންގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލެއަކީ، އެންމެނަށް ވެސް ދިރިއުޅެވޭ ކަހަލަ ހިތްފަސޭހަ ތަނަކަށް ހެދުމަށް މި ފަދަކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ދިނުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ޓަކައި، ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ޢާންމު ރައްޔިތުންގެ ފަރާތުން މަޢުލޫމާތާއި އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;