ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މުހައްމަދު ޔަސީން ވަނީ ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން 8 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައެވެ. އަދި އެ މީހުންނަށް އެކަން ކޮށްދޭން އޭނާ ވައުދުވެފައިވަނީ ސަރުކާރުގެ ތެރެއިން ކަންކަން ކޮށްދީގެންނެވެ.
މިކަމާއި ގުޅިގެން ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ ޔާސީން އޮޅުވާލައިގެން ފައިސާ ނެގިކަމަށް ގިނަ ބަޔަކު މައްސަލަ ހުށައަޅާފައިވާކަމަށެވެ. އަދި އޭނާ ސަސްޕެންޑުކުރުމަށްފަހު ވަޒީފާއިން ވަކިކުރީ މައްސަލަ ބަލާ ހެކިހުރުމުންކަމަށް މުންދު ވަނީ ވިދާޅުވެފައެވެ
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;