ads
ފޮޓޯ:ދިރާގު
ލޮކްޑައުންގައި ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތައް
ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައިން ކުރުމާއި އެކު ކަސްޓަމަރުންނަށް ބޭނުންވާ ކަންތައްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ދިރާގުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ގޭގައި ތިބެގެން ފޯނަށް ރީލޯޑް ކޮށްލެވޭނެ އެވެ.
Advertisement

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކުރެވޭނެ އެވެ. އެގޮތުން ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue”  އަށް ފިތާލާށެވެ.

މީގެ އިތުރުން، ދިރާގު ވެބްސައިޓް މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ރީލޯޑް ކުރެވޭނެ އެވެ. އެގޮތުން ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ސްކްރީންގެ ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައި އިންނަ “Easy TopUp” އަށް ފިތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.

މި ދެގޮތަށް ވެސް ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ވެސް ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑް ކުރެވޭނެ އެވެ. ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile”  ނުވަތަ “Reload Another”  އަށް ފިތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 އިންސައްތަ އިތުރު ކްރެޑިޓް ލިބިގެންދާނެ ކަމަށާއި މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 30 ވަނަ ދުވަހު ގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެއެވެ.

ދިރާގުން ބުނީ މި ދުވަސްވަރަކީ ގޭގައި ތިބެގެން، ރައްކާތެރިކަމާއެކު ހުރިހާ ކަމެއްހެން އޮންލައިންކޮށް ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމަށާއި މިއީ ޑިޖިޓަލް ވާންޖެހިފައިވާ ވަގުތު ކަމަށެވެ. އަދި އެކުންފުނީގެ ހުރިހާ ހިދުމަތެއް ވެސް ގޭގައި ތިބެގެން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި އެކުންފުނިން އެދެނީ ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ކަމަށް ދިރާގުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް