ads
ދިވެހިންނަށް ވުރެ ބިދޭސީ ގިނަކަން ހިސާބުތަކުން ދައްކާ
ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 އިންސައްތައަކީ ބިދޭސީން
ރާއްޖޭގައި މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީ ފިރިހެނުން ގިނަ ކަމަށް، ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ނެރެފައިވާ ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 އިންސައްތައަކީ ބިދޭސީންނެވެ. އެ ހިސދާބު ދައްކަނީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެއްކަމަށެވެ. 

ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ބުނީ މިހާރު ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަންދާޒާއަކީ 590،079 އެވެ. މީގެ ތެރޭގައި ހިމެނެނީ 394،054 ދިވެހީންނާއި 196،024 ބިދޭސީންނެވެ. 

ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނީ ރަށްރަށުގައި ދިރިއުޅޭ އާބާދީގައި 20-29 އަހަރާ ދެމެދުގެ އުމުރު މީހުން މަދު ކަމަށެވެ. އަދި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 20-44 އަހަރާ ދެމެދުގެ މީހުން ގިނަ ކަމަށާއި އޭގެ ތެރޭގައި ވެސް ބިދޭސީން ގިނަކަން ވަނީ ފާހަގަކޮށްފައެވެ. 

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 174،005 އެވެ. މިއީ ބިދޭސީ އާބާދީގެ 89 އިންސައްތައެވެ. ބިދޭސީ އަންހެނުންގެ އާބާދީއަކީ އެންމެ 22،019 އެވެ. 

ދިވެހީންގެ ތެރެއިން، ފިރިހެނުންގެ އާބާދީއަކީ 200،162 މީހުންނެވެ. އެއީ ދިވެހި އާބާދީގެ 51 އިންސައްތައެވެ. އަދި އަންހެނުންގެ އާބާދީއަކީ 193،392 މީހުންނެވެ. އެހެންކަމުން މި އަދަދުތަކުން ދައްކަނީ ރާއްޖޭގައި ދިވެހި ފިރިހެނުން އަންހެނުންނަށް ވުރެ އިތުރުކަމެވެ. ރާއްޖޭގެ އާބާދީގައި ގިނައީ 36-64 އަހަރާ ދެމެދުގެ މީހުންނެވެ 

އާބާދީގެ 43 އިންސައްތަ މީހުން ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ. ބާކީ ދިރިއުޅެނީ އެކި ރަށްރަށުގަ އެވެ. މާލޭގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެކެވެ. އަދި ރަށްރަށުގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ބިދޭސީއަކެވެ. މީގެއިތުރުން ނޮން-އެޑްމިނިސްޓްރޭޓިވް ރަށްރަށުގެ އާބާދީގެ 80 އިންސައްތައަކީވެސް ބިދޭސީން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;