އެ ޕާޓީން ބުނީ މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމުގައިވާ އަލް-ބުޚާރީ އިންޓާނޭޝަނަލް ޔުނިވާސިޓީގެ ފަރާތުން އެ ޕާޓީއަށް 20 ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާކަމަށެވެ.
މި ސްކޮލަޝިޕް ތަކުގެ ތެރެއިން 26 އޮކްޓޫބަރު 2026 ގައި ފައްޓާ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އަދާލަތު ޕާޓީން ބުނެއެވެ. އެގޮތުން 3 އަހަރު ދުވަހުގެ ޑިގްރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އަދާލަތު ޕާޓިން ބުނެއެވެ.
ސްކޮލަޝިޕްތައް ލިބޭ ޔުނިވާސިޓީތައް
މި ސްކޮލަޝިޕަށް ކުރިމަތިލެވޭ ޝަރުތުތައް
އަދާލަތު ޕާޓީން ބުނީ މި ސްކޮލަޝިޕްތަކަށް ހޮވޭ ކުދިންނަށް މެލޭޝިޔާގެ ވިސާ ފީ އާއި މެލޭޝިޔާއަށް ދަތުކުރަން އެއާ ޓިކެޓާއި ޔުނިވާސިޓީއަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮޒިޓް (1200 ރިންގިޓު (295 ޑޮލަރު) ދައްކަން ޖެހޭނީ ހޮވޭ ފަރާތުން އަމިއްލައަށް ކަމަށެވެ. ޕާޓީން ހަމަޖައްސާދޭނީ އެ ހަރަދުތައް ފިޔަވާ ދެން ހުރި ހުރިހާ ހަރަދެއްކަމަށް އަދާލަތު ޕާޓީން ބުނެއެވެ.
މި ސްކޮލަޝިޕް އަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެފަރާތުގެ އައިޑީ ކާޑު ކޮޕީ، ސީވީ އަދ އެޓެސްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް އަދި އެ ފަރާތެއްގެ ބެލެނިވެރިންނަށް ލިބޭ އާމްދަނީ ކަށަވަރުކޮށްދޭ ލިޔުންތައް ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ އެހީ ލިބޭ ފަރާތްތެއްކަން ކަށަވަރު ކުރެވޭނެ ލިޔުމެއް [email protected] އަށް މިމަހުގެ 25 ކުރިން އީމެއިލް ކުރުމަށް އަދާލަތު ޕާޓީން އެދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;