ads
ބާގައި ރޯވެ އަނދާއިރު މީހުން ސަލާމަތްވާން ދުވާ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރެއް
ބެންކޮކްގެ ބާއެއްގައި ރޯވެ 27 މީހަކު މަރުވެއްޖެ
ތައިލެންޑުގެ ބެންކޮކްގައި ހުންނަ މަޝްހޫރު ޕަބެއްގައި ރޭ އަލިފާން ރޯވެ، 27 މީހުން މަރުވެއްޖެ އެވެ.
Advertisement

މަންޒަރު ދުށް މީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގި ބެންކޮކްގެ "ރޮންގް ބިއަ ނާ ލެޓް ޕްރާއޯ" ބާ ގެ ދޮރުތަކުން ބޭރަށް ވެސް ހުޅުގަނޑު ނުކުމެފައި ހުރި ކަމަށާއި އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުުގެ މަސައްކަތުގައި ޓީމުތައް ހަރަކާތްތެރިވަމުން ދިޔައިރު، މަރުވެފައިވާ މީހުންގެ ހަށިތައް ބޮޑީ ބޭގްތަކުގައި ބަހައްޓާފައި ހުރި ހުރި ކަމަށެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރާކުލް ވެސް ވަނީ އެ ހާދިސާގައި މަރުވި 27 މީހެއްގެ ހަށިގަނޑު ބޭރަށް ނެރެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ 63 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށާއި 22 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. 

ހާދިސާއިން ސަލާމަތްވި މީހުން ކިޔައިދިން ގޮތުގައި، އަލިފާން ރޯވުމާ އެކު މުޅި އެތަން ބޯ ދުމުން ފުރިގެންދިޔަ އެވެ. މީގެ ސަބަބުން އެތަނުގައި ތިބި ގިނަ ބަޔަކަށް މަޖުބޫރުވީ ފާހާނާތަކަށް ވަދެ ނުވަތަ އެތަނުގެ ފަހަތު ކޮޅަށް ދިއުމަށެވެ.

your imageއަލިފާނުގެ ހާދިސާއަށް ފަހު ބާގެ އެތެރެއިން ނަގާފައިވާ ފޮޓޯއެއް. އަލިފާނުގެ ސަބަބުން ފަރުނީޗަރާއި ފާރުތަކާއި ސީލިންގް ވަނީ ކަޅުވެފައި - ފޮޓޯ: އޭއެޕްޓީއެން

ބެންކޮކްގެ ޑިޒާސްޓާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ސުރިޔާޗައި ރަވިވާން ވަނީ، އެ ހާދިސާގައި ގިނަ މީހުން މަރުވެފައި ވަނީ ދުމުގެ ސަަބަބުން ނޭވާލާން އުނދަގޫވެގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން ކަށަވަރު ކުރުމަށް އިތުރު ތަހުގީގުތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ދިމާލެއްގައި މޭޒުތަކާއި ގޮނޑިތައް ހުރީ މަގު ބަންދުވާ ގޮތަށް. އަދި ހޫނު ވެސް ވަރަށް ގަދަ، ގިނަ މީހުންގެ ހަށިތައް ފެނުނީ ފަހަތުގައި ހުރި ފާހާނާއެއްގެ ތެރެއިން" ސުރިޔަޗައި ވިދާޅުވި އެވެ.

މި ހާދިސާ ހިގަން މެދުވެރިވި ސަބަބު ހޯދަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ވެސް ބެންކޮކްގެ ބާއެއްގައި އަލިފާން ރޯވެ 22 މީހުން ވަނީ މަރުވެފަ އެވެ. ދެހާސް ނުވަ ވަނަ އަހަރުވެސް ބެންކޮކްގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 66 މީހުން މަރުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;