ads
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ، ކުރީ ސަރުކާރުގެ މަޝްރޫއުތަކާއި ހެދި: މުއްތަލިބު
މި ސަރުކާރުން ބޭނުންވާ ބާރުމިނުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކުރީ ސަރުކާރުން ފަށާފައިވާ އަދި ސޮއިކޮށްފައިވާ މަޝްރޫއުތަކާއި ހެދިކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލު ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުން ބޭނުންވާ ބާރުމިނުގައި މަޝްރޫއުތައް ކުރިއަށް ނުދާކަން ގަބޫލުކުރައްވާ ކަމަށެވެ. 

މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ވަކި މަޝްރޫއުތަކަކަށް ވައުދުވެގެން ކަމަށެވެ. އެހެންނަމަވެސް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވީ ކުރީ ސަރުކާރުގައި ހަވާލުކޮށްފައިވާ މަޝްރޫއުތައްވެސް ކުރިއަށް ގެންދަން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެހެންކަމުން މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ކުރީ ސަރުކާރުގެ މަޝްރޫއުތައް ކުރިޔަށް ގެންދާތީކަމަށެވެ. 

" ރައީސްގެ ޑިސިޝަނަކަށްވީ ކުރީ ސަރުކާރުގައި ސޮއިކޮށްފައި ހުރި މަޝްރޫއުތަކެއް ވިޔަސް ކުރިއަށް ގެންގޮސްފައި އަޅުގަނޑުމެންގެ އެޖެންޑާ ވެސް ކުރިއަށް ގެންދަން. މި ދައްކަނީ ވަރަށް ހައްސާސް ކަމެއްގެ ވާހަކަ. ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި ހުރިހާ މަޝްރޫއަކާއި މި ސަރުކާރުގެ އެޖެންޑާވެސް ކުރިއަށް ގެންދިއުން." މުއްތަލިބް ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ދެ ކަންތައް ކުރިއަށް ގެންދަން ޖެހެނީ ވިސްނުންތެރިކަމާ އެކު ކަމަށާއި، އެއާ އެކު މަޝްރޫއުތަކުގައި ލަސްކަން އަދި މައްސަލަތައް ވެސް އުޅެދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;