ads
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑާލާފައި
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ނޭނގިގެން ކައުންސިލުން ހޯދަނީ
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ނޭނގިގެން އެބަޔަކު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
Advertisement

ވިލިމާލޭގައި ހުރި ގަހެއް ކައުންސިލަށް ނޭނގި ކެނޑިކަމަށް އެ ކައުންސިލުން ބުނީ އެ ގަސް ކަނޑާލާފައި ހުރި ފޮޓޯއެއް އާއްމުކޮށް މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. 

އެކްސްގައި މީހަކު ކުރި ޕޯސްޓުގައި ބުނީ ވިލިމާލޭއިން އެއްވެސް ގަހެއް ނުކަނޑާނެކަަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިމަހުގެ 9 ވަނަ ދުވަހު ވިދާޅުވިކަމަށެވެ. އެހެންނަމަވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ޕާކަކަށް ބޮޑު ހިޔާކަމެއް ގެނެސްދޭ ބޮޑު ގަހެއް ކަނޑާފައިވާކަމަށް ބުނެ އެ މަންޒަރުތައް އޭނާ ވަނީ އެކްސްގައި ހިއްސާކޮށްފައެވެ. ވިލިމާލޭއިން ގަސްކެނޑުން ސަރުކާރު ހިންގާ ޕީއެންސީގެ ކްއުންސިލަރުންނަށް މާ ބޮޑުކަމަށްކަށް ނުވާނެކަމަށާއި އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮވެ އެކަން ކޮށްފައިވާތީ ޕޯސްޓްކުރި މީހާ ވަނީ މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. 

މި ޕޯސްޓްކުރި މީހާ ވަނީ ގަސްކަނޑާލި ވަގުތު އެ މަގު ބަންދުކުރަން ހުއްދަދީ ސިޓީ ކައުންސިލްގެ ބޯޑު ޖަހާފައިވާތަން ފެންނަ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. 

your imageގަސް ކަނޑަމުންދިޔަ އިރު މަގު ބަންދުކުރުމުގެ ހުއްދަ ކައުންސިލުން ދިން ބޯޑު ބަހައްޓާފައި

މިކަމާއި ގުޅިގެން ކައުންސިލުން އެ ޕޯސްޓަށް ޖަވާބު ދެމުން ބުނެފައިވަނީ އެ ގަސް ކަނޑާލީ އެ ކައުންސިލުން ނޫންކަމަށެވެ. އަދި އެ ގަސް ކެނޑި މީހެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;