އެ ކައުންސިލުން ބުނީ ކާނިވާ ސަރަހައްދުގައި ހަދާފައިވާ ސްޓޭޖްގެ ދަގަނޑުތައް ރޫޅާލައި އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
ކައުންސިލުން ބުނީ މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް މައުލޫމާތތު ދިނުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެކަމަށެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ 11:00 ގެ ކުރިން އަގު ހުށައަޅަން ވާނެކަމަށްވެސް ކައުންސިލުން ބުނެއެވެ. މި މަސައްކަތް ކޮށްދިނުމަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
އަލިމަސް ކާނިވާ ސަރަޙައްދުގައި އޮތް ޝޯއަށް ތައްޔާރުކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް-------
މާލޭގެ ކާނިވާ ސަރަހައްދުގައި އަލަށް އިމާރާތްކުރާ ސްޓޭޖުގެ ޑިޒައިން މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ދައްކާލީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. 4.8 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު މާލޭ ސިޓީ ކައުންސިލުން، ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ 14 ވަނަދުވަހުއެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 140 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.
އަލިމަސް ކާނިވާ ސަރަހައްދަކީ މީގެ 22 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ތައުލީމީ މުންނާރު ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި ކާނިވަލެކެވެ. އޭގެފަހުން އެތަނުގައި ކެފޭތައްވެސް ގާއިމްކޮށް ހިންގަމުން އައިސްފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;