ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައުލޫމާތުތައް ހިއްސާކުރައްވަމުން އެންވަޔަރަމަންޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު މުސްތަފާ ވިދާޅުވީ، މި މަސައްކަތްތައް ހިންގަން ބޭނުން ޖެހިފައިވަނީ ދުވަސްވީ ފެނާއި ނަރުދަމާގެ ނިޒާމުތައް ހުރި ރަށްރަށުގައި ކަމަަށެވެ.
އަދި، މިއީ އެ ނިޒާމުތައް ނެތް ރަށްރަށުގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ އަގު ނުހިމަނާ ހަރަދުވާނެ ވަރުގެ އަންދާޒާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ނިޒާމުތައް އަޕްގްރޭޑްކޮށް، މަރާމާތުކޮށް، ފުޅާކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާގެ އަދަދު ދެނެގަތުމަށް އެސެސްމެންޓެއް ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ނަމަވެސް، އަދި ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މި ހިދުމަތް ގާއިމުނުކުރެވެ އެވެ. އެންވަޔަރަމަންޓު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެނުގެ ނިޒާމު ނެތް 46 ރަށަކާއި ނަރުދަމާގެ ނިޒާމު ނެތް 36 ރަށެއް އަދިވެސް އެބަ އޮތެވެ.
ފެނާއި ނަރުދަމާގެ ގާނޫނުގައި މީގެ ކުރިން އޮތް ގޮތުން މި އަހަރުގެ އޯގަސްޓު ފަސްވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަންޖެހެއެވެ. މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ވަނީ، އެ މުއްދަތު 2027 އާ ހަމައަށް އިތުރުކުރަން މިދިޔަ އަހަރުގެ އޯގަސްޓު މަހު ފާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;