ads
އަމްރީތާ ހޮސްޕިޓަލް
އަމްރީތާ ހޮސްޕިޓަލަށް ދިވެހިން ފޮނުވުން އާސަންދައިން މެދުކަނޑާލައިފި
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ އެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ހޮސްޕިޓަލަށް ބަލި މީހުން ފޮނުވުން މެދުކަނޑާލައިފި އެވެ.
Advertisement

އާސަންދަ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަމްރިތާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އެއްކޮށް މެދުކަނޑާނުލާ ކަމަށާއި މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންނަށް ހިދުމަތް ލިބޭނެ ކަމަށެވެ.

އޭނާ ބުނީ ކޮޗިންގައި ހުންނަ ހޮސްޕިޓަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާ ކޭސްތަކުގައި ހިމެނޭ މީހުން އެ ހޮސްޕިޓަލަށް ނުފޮނުވަނީ ކަމަށެވެ. ނަމަވެސް އެއްބަސްވުން އާވިހާ އަވަހަކަށް އަލުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުން ފޮނުވާނެ ކަމަށެވެ.

"މިހާރު ހިދުމަތް ހޯދަމުން އަންނަ ފަރާތަކަށް ހަމަ ހިދުމަތް ލިބޭނެ އަދި ފޮލޯ އަޕް ހަދާ ފަރާތަކަށްވެސް ހިދުމަތް ލިބޭނެ. މި ވަގުތު ހަމަ އެކަނި އަލަށް ހިދުމަތް ހޯދަން ހުށަހަޅާ ފަރާތަކަށް ހިދުމަތް ދިނުން ހުއްޓާލާފައިވަނީ. މިވަގުތު މިދަނީ އަމްރިތާ އާއި އެކު އާ އެގްރީމެންޓުތައް ހެދުމުގެ މަސައްކަތް ކުރަމުން. އަދި ވަރަށް އަވަހަށް އަލަށް ދާ ފަރާތަކަށް ހިދުމަތް ލިބިގެންދާނެ" އާސަންދައިގެ އޮފިސަލް ސީއެންއެމް އަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ވަގުތީ ގޮތުން އާސަންދައިގެ ހިދުމަތް މެދުކެނޑުމުގެ ހާލަތްތައް ދިމާވެފައި ވެއެވެ. ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އަންނަނީ ހަރަދުކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;