ads
ތިމާ އަންނަ ރުޅީގެ ޒިންމާ ދަރިންގެ ބޮލުގައި އެޅުވުމުކީ ނުރައްކާތެރިކަމެއް
ތިމާ އަންނަ ރުޅީގެ ޒިންމާ ދަރިންގެ ބޮލުގައި އެޅުވުމުކީ ނުރައްކާތެރިކަމެއް
މައިންބަފައިންނަށް އަންނަ ރުޅީގެ ސަބަބަކީ ދަރިން ކަމަށް ބުނެ، އެ ކުދިންގެ ބޮލުގައި ކުށް އެޅުވުމަކީ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށް ކްލިނިކަލް ސައިކޮލޮޖިސްޓް ބެކީ ކެނެޑީ ހާމަކޮށްފި އެވެ.
Advertisement

އޭނާ ޓެޑް ޓޯކްސް އަށް ދިން ހާއްސަ ތަގުރީރެއްގައި ފާހަގަކުރި ގޮތުގައި، މައިންބަފައިން ރުޅިގަދަވުމުން އޭގެ ޒިންމާ ދަރިން ނަގަން ޖެހޭ ފަދަ ގޮތަކަށް އަމަލުކުރުމުން، އެ ކުދިންނަށް އަމިއްލަ ނަފްސަކީ "ގޯސް" އަދި މީހުން ލޯބިނުވާނެ ފަދަ ނިކަމެތި ބައެއްގެ ގޮތުގައި ގަބޫލުކުރެވެން ފަށައެވެ. މީގެ ސަބަބުން ކުދިންގެ ސިކުނޑީގައި ބިރުވެރިކަން އުފެދި، އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ އާދަ އަށަގަނެއެވެ.

މިގޮތަށް ކަންތައް ކުރުމަކީ ކުދިންގެ ޖަޒުބާތީ އަދި ނަފްސާނީ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމެއް ކަމަށް ބެކީ ބުންޏެވެ. މައިންބަފައިންނަށް އަންނަ ރުޅި ކޮންޓްރޯލް ނުކުރެވި، އޭގެ ސަބަބަކީ ކުއްޖާގެ އަމަލުތައް ކަމަށް ބުނާނަމަ، ދިމާވާ މައްސަލަތަކުގައި ކެތްތެރިވާނެ ގޮތާއި ރީތިކޮށް މުއާމަލާތްކުރާނެ ގޮތް ދަސްކޮށްދިނުމުގެ ފުރުސަތު ގެއްލިގެންދެއެވެ. އޭގެ ބަދަލުގައި ކުދިންނަށް ދަސްވަނީ، ދިމާވާ ކަންކަމުގައި ރުޅި އިސްކުރުމާއި، އަމިއްލަ އަމަލުތަކުގެ ޒިންމާ ނެގުމުގެ ބަދަލުގައި އެހެން މީހުންގެ ބޮލުގައި ކަންކަން އެޅުވުމުގެ ނުބައި އާދައެވެ.

މިފަދަ ހާލަތްތަކުގައި ކުދިންނާ އޮންނަ ގުޅުން އަލުން ރަނގަޅުކުރުމަށްޓަކައި، މައިންބަފައިން އަމިއްލަ އަމަލުތަކުގެ ޒިންމާ ނެގުން ވަރަށް މުހިންމު ކަމަށް ބެކީ ފާހަގަކުރިއެވެ. ކުދިންނާ ދިމާލަށް ރުޅިއިސްކުރެވޭ ހާލަތްތަކުގައި، ފަހުން އެކަމާ މެދު ވާހަކަދައްކައި، މައިންބަފައިންގެ އަމަލުތަކާ މެދު މާފަށް އެދުމަކީ ކުދިންގެ ހިތުގައި އުފެދޭ ކުށްވެރިކަމުގެ އިހުސާސް ފިލައިގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ކުދިންނަށް ރައްކާތެރިކަން އިހުސާސްވެ، މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;