މިނިވަން ރަން އިފްތިތާހްކުރުމުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު ހީނާ ވަލީދު އެވެ.
ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިނިވަން ރަން" ކުރިއަށްގެންދިއުމަށްޓަކައި "ވީރަން މޯލްޑިވްސް" އާއެކު އެއްބަސްވުމެއްގައި މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު މުނާޒްއެވެ. ވީރަން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވީރަންގެ މެނޭޖަރު ހައްވާ ނީލާ އެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރެވެ.
"މިނިވަން ރަން" އަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބް ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އަދި ވަކިވަކި ފަރުދުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަންއެއްކަމަށް މިނިސްޓްރީން ބުނެއެވެ. މިއީ މިނިވަން ދުވަހުގެ ރޫހާއި ޤައުމީ އެކުވެރިކަން އިތުރަށް ބަދަހިވެ، ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ފުރިހަމަ ސިއްޙަތާއި އަދި ހަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމަށް، ބާރު އެޅުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދެވޭ މުހިންމު ހަރަކާތެއްކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
ވީރަން އެޕް މެދުވެރިކޮށް "މިނިވަން ރަން" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީ ކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;