ads
ރޭގައި ހޯރަފުށީގައި ހިނގި ހާދިސާގއި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދަނީ
ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލަ ބަލަނީ
ހޯރަފުށީ ހުންނަ ކުޑަކުދިންގެ މަރުކަޒުގައި އުޅޭ ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
Advertisement

ފުލުހުން  ބުނީ  މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެ، ރަށުގެ އާއްމު ފަރާތަކަށް ހަމަލާދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. 

އެނގިފައިވާ ގޮތުން ކުޑަކުދިންގެ މަރުކަޒުގައި އުޅޭ ތިން ކުއްޖެއް އެތަނުން ވަގަށް ނުކުމެގެން ގޮސް އެރަށު އަތިރިމަތީގައި މަސް ބާނަން ނުކުމެ ހުރި މީހަކަށް ވަނީ ހަމަލާދީފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުދިން ވަނީ އެމީހާ ރަހީނުކޮށް ފަޅު ގެއަކަށް ވައްދާ އަނިޔާކޮށްފައިކަމަށެވެ. 

މި ހާދިސާގައި އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް މީހާ އެ ފަޅުގޭގެ ތެރެއިން ނެރެގެން އެމްބިއުލާންސްއަށް އަރުވައިގެން ގެންދާ ތަން ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފައެވެ، 

މިކަމާއި ގުޅިގެން ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ރޭ ވަނީ މަގުމައްޗަށް ނުކުމެ، ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;