ads
އޭސީއާ ނުލައި ގެތައް ފިނިކޮށްދޭ ގަސްގަހާގެހިން އުފެއްދި އާ މާއްދާއެއް
އޭސީއާ ނުލައި ގެތައް ފިނިކޮށްދޭ ގަސްގަހާގެހިން އުފެއްދި އާ މާއްދާއެއް
އެއާކޮންޑިޝަނާ ނުވަތަ އޭސީ ބޭނުންކުރުމަކާ ނުލައި އިމާރާތްތަކުގެ އެތެރެ ފިނިކޮށްދިނުމަށް އެހީތެރިވެދޭ އާ މާއްދާއެއް ޖަޕާނުގެ އޮސާކާ ޔުނިވަސިޓީގެ ދިރާސާވެރިން އުފައްދައިފި އެވެ.
Advertisement

ގަސްގަހާގެހިން ނަގާ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި މާއްދާއަކީ އިރުގެ އަލި ނުހަނު މަތީ މިންވަރަކަށް ރިފްލެކްޓްކޮށްދޭ، އަދި ތިމާވެށްޓާ ރައްޓެހި އުފެއްދުމެކެވެ.

މި އާ އުފެއްދުން ތައްޔާރުކުރުމަށް ދިރާސާވެރިން ބޭނުންކޮށްފައިވަނީ ގަސްގަހާގެހިން ނަގާ ޕެކްޓިން އާއި ސެލިއުލޯޒްއެވެ. މިއީ އަމިއްލައަށް ކުނިވެ ހަލާކުވާ ނުވަތަ ބަޔޯޑީގްރޭޑަބަލް މާއްދާއެކެވެ. ދިރާސާވެރިން ހާމަކުރި ގޮތުގައި، ގަސްގަހާގެހިން ތައްޔާރުކޮށްފައިވާ މި ކޯޓިންގ މާއްދާއިން އިރުގެ އަލީގެ 95 އިންސައްތަ އަނބުރާ ރިފްލެކްޓްކޮށްދެ އެވެ.

މި ކޯޓިންގ އިމާރާތްތަކުގެ ކުޑަދޮރުތަކުގައި ބޭނުންކުރުމުން، އިރުގެ އަވިން އަންނަ ހޫނުކަން އިމާރާތުގެ އެތެރެއަށް ވަނުން ހުއްޓުވައިދެ އެވެ. އަދި އެއްވެސް ވަރަކަށް ކަރަންޓު ބޭނުންކުރުމަކާ ނުލައި، އިމާރާތްތަކުގެ އެތެރޭގެ ފިނިހޫނުމިން ނުހަނު ބޮޑަށް ދަށްކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް