ބަންދުކުރީ މ. ލޭންޑް އޮފް ގާޑްންގެ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު އަމުރުގެ ދަށުން އެ ތަން ބަންދުކުރީ މި މަހުގެ 13 އިން ފެށިގެން 11 އޮކްޓޯބަރު 11 ގެ ނިޔަލަށެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ފުލުހުން ބުނީ މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިދިޔަ ހަފްތާ ފުލުހުން ވަނީ އައްޑޫގައި ހިންގި އޭގެ ދެ ޑްރަގް ކެފޭ ހުއްޓުވައިފަ އެވެ. އެއީ އައްޑޫ މަރަދޫގެ ގެއެއް ކަމަށްވާ ބޯޅަދަނޑުގެ އާއި އައްޑޫ ހިތަދޫ، ލާމިޔާގެއާގެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;