ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރި ކަންތައްތަކާ ގުޅިގެން 20 ކަމެއް ކުރުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފައެވެ.
އޭގެތެރޭގައި ފެނަކަ ކުންފުނީގެ ފައިސާއަށް ހިޔާނަތްތެރިވާ ހުރިހާ މީހުން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ތަހުގީގުކުރަން އޭސީސީ އާއި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި މަޝްރޫއުތަކުގެ މަސައްކަތް އިން-ހައުސްކޮށް ކުރަން ނިންމުމުގެ ކުރިން ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކީ ކޮން ގޮތެއްކަން ނުބަލައި، ކުންފުންޏަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާތީ އެގޮތަށް ނިންމިއިރު ތިއްބެވި ބޯޑު މެމްބަރުންނާއި ވެރިން ޒިންމާދާރުކުރަން އެންގުންވެސް ހިމެނެއެވެ.
މީގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ބެލުމަށްޓަކައި އޭސީސީއަށް އަންގަން ޕީޖީއަށް ލަފާދިނުމާއި މުވައްޒަފުން ޒިންމާވާން ޖެހޭ ކަމަށް އޮޑިޓުން ފާހަގަވާ މައްސަލަތައް ބަލައި ނިމެންދެން އެ މުވައްޒަފުން ވަގުތީގޮތުން ވަޒީފާއިން އެކަހެރިކުރަށްވެސް ކޮމެޓީން ވަނީ ނިންމާއެވެ. އަދި
މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެ އޮޑިޓުގައި ހުރުމާ އެކު މަނީ ލޯންޑްރީގެ ތަހުގީގެއް ވަކިން ހިންގަން ކޮމިޓީގެ ފަރާތުން ފުލުހަށް ހުށަހެޅުންވެސް ހިމެނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;