މިއަދު ހަވީރު ފަށާ ފުޑް ކާނިވަލަކީ ރާއްޖޭގައި މިއަހަރު ބާއްވާނެ މިފަދަ އެންމެ ބޮޑު އެއް ކާނިވަލް އެވެ. ކާބޯތަކެތި ވިއްކާ ގިނަ ވިޔަފާރިތަކާއި ޒުވާން މަސައްކަތްތެރިންގެ ހުނަރު ހިމެނޭ ސްޓޯލުތަކާއި އެކު ފަށާ މި ކާނިވަލް ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ.
މި ކާނިވަލުގައި އެމްއައިބީގެ ސްޓޯލް ހުންނާނީ ސްޓްރީޓް އޭ، ޓެންޓް ބީ (ޓެންޓް ބީ ގެ ވަންނަ ދޮރުމަތީގައި) އެވެ. ކާނިވަލް ހުޅުވިފައި ހުންނަ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:45 އަށް އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް، ބޭންކުގެ އެކި ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު އާންމުން ރައްޔިތުންނަށް ލިބޭނެ އެވެ.
މި ފުޑްކާނިވަލްގެ ޕްރިމިއަމް ޕާޓްނަރު ކަން ވެސް އޮތް އެމްއައިބީން ބުނިގޮތުގައި ފުޑް ކާނިވަލަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އެ ބޭންކުގެ ސްޓޯލަށް ޒިޔާރަތްކޮށް، ސްޓޯލުން ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެގެން ޒަމާނީ ބޭންކިންގެ ފަސޭހަތަކާއެކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;