ads
ދިޔާނާ ސައީދު
އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރުހުން ދީފިއެވެ.
Advertisement

އެ މަގާމަށް ދިޔާނާ އައްޔަން ކުރެއްވުމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މި މަހުގެ 7ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

ކޮމިޓީ މަރުހަލާގައި މި މައްސަލަ ދިރާސާކުރުމަށްފަހު މެންބަރުން ނިންމަވާފައިވަނީ ދިޔާނާއަކީ މަގާމަށް ގާބިލު، ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އޭނާ އައްޔަންކުރުމަށް ފެންނަ ކަމަށް ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުރަތަމަ ކެބިނެޓް އެކުަލަވައިލެއްވި އިރު ދިޔާނާއަކީ އެޓާނީ ޖެނެރަލް އެވެ. ނަޝީދުގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާދެއްވި އިރު ދިނާ ވެސް އިސްތިއުފާ ދެއްވި އެވެ. 

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް މި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން ނެގި ރެފަރަންޑަމްގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުގެ ސްޓޭންޑް ދިފާއު ކުރުމުގައި އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ދިޔާނާ މަސައްކަތް ކުރެއްވި އެވެ. 

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު، ދިޔާނާގެ އިތުރުން ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;