ޒަކާތު ހައުސްއިން ވަބީ މި ސްކޮލާޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީއާ، ޤުރްއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާއާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަޤީދާ، ފިޤުހު، އުސޫލުލް ފިޤުހު، އަދި އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނޭކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެއެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވަނެއެވެ. އެހެންނަމަވެސް ޒަކާތު ހައުސްއިން މިއަދު ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ފަސްކޮށްފައިކަމަަށެވެ.
ރާއްޖޭގައި ކިޔެވޭ ޔުނިވާސިޓީތަކާއި ކޮލެޖްތައް
ރާއްޖެއިން ބޭރު ކިޔެވޭ ކޮލެޖްތައް
މި ފުރުސަތުގެ ދަށުން ޖުމުލަ 30 ސްކޮލާޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުސަަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ޒަކާތު ހައުސްއިން ވަނީ ކަނޑައަޅާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;