ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ދެންމެ ބުނީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "ސީއެންއެމް" އަށް ބުނީ ހޭނެތިގެން ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފުލުހުން އަދި އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;