ads
ތިނަދޫ ސިޓީގައި ބޭއްވި ހަރަކާތެއްގައި އެރަށުގެ ކުދިން
ތިނަދޫގައި ވިހާ ކުދިންނަށް ފައިސާގެ އިނާމެެއް ދެނީ
ގދ. ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް ފައިސާގެ އެހީދޭން އެރަށު ކައުންސިލުން ނިންމައިފި އެވެ.
Advertisement

ތިނަދޫ ސިޓީ ކައުންސިލުން ވަނީ އަލަށް އުފަންވ،ެ ތިނަދޫ ސިޓީގައި ރަޖިސްޓްރީ ކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ދޭން ނިންމާ  އެ އިނާމް ކަނޑައެޅުމުގެ އުސޫލު މިއަދު އާއްމުކޮށްފަ އެވެ. 

އެ އުސޫލުގައިވާ ގޮތުން މާލީ އެހީގެ ގޮތުގައި ދެވޭ ފައިސާ ދެ ކެޓަގަރީއަށް ބެހިގެންވެއެވެ. އެގޮތުން އަލަށް އުފަންވާ ކުއްޖާގެ މައިން ބަފައިންނަކީ ތިނަދޫގައި ރަށްވެހިވެފައިވާ ފަރާތެއްނަމަ އެ ކެޓަގަރީގެ ދަށުން އެ ކުއްޖަކަށް 1،500ރ  ލިބޭނެ އެވެ. އަލަށް އުފަންވާ ކުއްޖާގެ މައިން ބަފައިންނަކީ ތިނަދޫގެ ރައްވެހިންކަމުގައި ނުވާނަމަ، ތިނަދޫގެ ރަށްވެހީންނޫން އެހެން ފަރާތެއްނަމަ އެ ކުއްޖަކަށް 2000ރ ދިނުމަށް ވަނީ ނިންމާފަ އެވެ. 

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން މި އެހީ ލިބޭނީ އެންމެ ފުރަތަމަ ކުއްޖ އުފަންވުމަށްފަހު އަލަށް ރަޖިސްޓްރީ ކުރާ ތަނަކީ ތިނަދޫ ސިޓީއަށް ވުމުން ކަމަށެވެ. އަދި ތިނަދޫ ސިޓީގައި ރަޖިސްޓްރީ ވީކަމަށް ބެލެވޭނީ ތިނަދޫ ސިޓީގެ ގެއެއްގައި ރަޖިސްޓްރީކުރުމަށްފަހު ކުއްޖާގެ އައިޑީ ކާޑް ހެއްދުމުންކަމަށްވެސް ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އުސޫލުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް