މި ހަރަކާތް ބާއްވާނީ މިރޭ 8 އިން 10 އަށެވެ. އެމްއައިބީގެ މި ޓްރިވިއާ ކުއިޒްގައި ބޭންކިންއާ ގުޅޭގޮތުން ކުރާ ފަސް ސުވާލުގެ ތެރެއިން ތިން ސުވާލަކަށް ރަނގަޅު ޖަވާބުދޭ މީހުންނަށް ފައިސާވެއާ އަނގޮޓިއެެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ހަރަކާތް އެމްއައިބީން ރޭގައި ވެސް ބޭއްވިއިރު، އެ ހަރަކާތަށް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް އެމްއައިބީ އިން ބުންޏެވެ.
އެމްއައިބީން ބުނީ މިރޭގެ ނިޔަލަށް ކުރިއަށްދާ މި ކާނިވަލުގެ 15 އައުޓްލެޓަކުން އެމްއައިބީގެ ކާޑު ނުވަތަ ވެއަރަބަލް ޕޭމަންޓް މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މި 15 އައުޓްލެޓްގެ ތެރޭގައި ހިމެނެނީ ސާދާ އެންޓަޓެއިންމަންޓް، ހަބް ޝޯރޫމް، ހޮރޯ ހައުސް، އައިއްޓޭ ސީފުޑް، މެލްޓްސް، ކްލަބް 99 ބޮނޑިބަތް، އައިލެންޑް ފްލޭވަސް، މަމަކް، ސޫޝީ ސްނެޕް، ބުރުޒު ޕޭސްޓްރީ، ޝަވަރުމާޝީ، ސޯސްޑް އަޕް ބައި ލޫސީސް، ބެޓޮއިޑް ލޮޖިސްޓިކްސް، މާސް ކެރަމެލް، އަދި ޕެޓިސްއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;