ރާއްޖެއަށް 1.5 ކިލޯގެ ޑުރަގު އެތެރެކުރުމުގެ މައްސަލައެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އޭނާ ވާނުވާ ބަންދަށްލީ، ތިން މަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ފަހުއެވެ. ރޫނާ ހައްޔަރުކޮށްފައި ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ރޫނާއާއެކު އެހެން އަންހެނަކު ވެސް ހައްޔަރު ކުރިއެވެ. އެއީ، އުމުރުން 25 އަހަރުގެ ޢަލްޔާ ޝަރްސާ ނަޞީރެވެ. މި ދެ މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރި ކަމަށެވެ.
ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައި ވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރި ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;