އެމްއައިޓީ ކޮލެޖާ ގުޅިގެން އެލިއާ އިން ކޮންމެ އަހަރަކު ބާއްވާ މި ޕްރޮގުރާމަކީ އައުޓްބޯޑު އިންޖީނު އެޅި އުޅަނދުތަކުގައި ދަތުރުކުރަން ކެޕްޓަނުންނަށް ބޭނުންވާނެ މައުލޫމާތުތަކުގެ ތިއަރީ އާއި ހުނަރުތައް ހިމެނޭ ހާއްސަ ސެޝަންތަކާ އެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި އަހަރުގެ ޕްރޮގްރާމްގައި، ރިސޯޓްތަކާއި ކަނޑުދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ޖުމްލަ 47 ބައިވެރިން ބައިވެރިވި އެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އެލިއާ އިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް އޮތީ މި މަހުގެ 14 އިން 16 އަށެވެ. އޭގެ ތެރޭގައި ރިސޯޓުތަކުންނާއި މެރިން ޓްރާންސްޕޯޓް އޮޕަރޭޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ ކެޕްޓަނުން ހިމެނެ އެވެ.
އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލުމުގެ ތެރެއިން - ފޮޓޯ: އެލިއާ
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގައި ހިމެނުނީ:
ކަނޑުދަތުރުފަތުރުގެ ގަވާއިދުތައް
ދަތުރުކުރުމުގެ ރައްކާތެރިކަން
ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން
އުޅަނދުފަހަރު ދުއްވުމުގައި އެންމެ ރަނގަޅު އުސޫލުތައް
އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލުމުގެ ތެރެއިން - ފޮޓޯ: އެލިއާ
އެލިއާއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;