ads
ހާންޖީ ރެސްޓޯރަންޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި އާބިދު، އޭނާގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައި
ވެއިޓަރު މަރާލި މައްސަލަ ކައްކާގެ މައްޗަށް ސާބިތުވެއްޖެ
ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލިކަން އެތަނުގައި މަސައކަތް ކުރި ކައްކާގެ މައްޗަށް ސާބިތުވެއްޖެ އެވެ.
Advertisement

މިއީ، ހުޅުމާލޭގެ ހާންޖީ ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލިކަމަށް އެ ރެސްޓޯރެންޓުގެ ކައްކާ މުޙައްމަދު އާބިދުއަށް ދައުވާ ކުރި މައްސަލައެކެވެ. 

މި މައްސަލައިގައި ޕާކިސްތާނުގެ ކައްކާގެ މައްޗަށް އުފުލާފައިވަނީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.  

އެކަމަކު މި މައްސަލައިގައި އާބިދުގެ މައްޗަށް އަދަބު ކަނޑައަޅާނީ، މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;