ads
ކުޑަހުވަދޫގައި ހުރި ބަނގުރާ ފުޅިތަކާއި ދަޅުތައް
ކުޑަހުވަދޫގައި ހުރި ބަނގުރާފުޅިތަކާއި ދަޅުތައް ނައްތާލައިފި
ކުޑަހުވަދޫގައި ހުރި ބަނގުރާފުޅިތަކާއި ދަޅުތައް ނައްތާލައިފިއެވެ.
Advertisement

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލާފައިވާކަމަށެވެ. 

ފުލުހުން ބުނީ ނައްތައިލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރުކަމަށެވެ. މި ތަކެއްޗަކީ މިއަހަރުގެ އޭޕްރީލް 4 އިން ޖޫން 14އަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;