ސްކޫލް ޗުއްޓީއާއި ދިމާކޮށް ފަހަކަށް އައިސް އުމްރާއަށް ދާ ދިވެހިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ދަތުރުތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިންވެސް އަންނަނީ ބައިވެރިވަމުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރު ސްކޫލްގެ ފުރަތަމަ ޓާމް ބަންދާއި ދިމާކޮށް މި ދުވަސްވަރު ރާއްޖެއިން އުމްރާގެ އަޅުކަމަށް 4000 ވުރެ ގިނަ މީހުން ގޮސްފައިވާކަމަށެވެ. އަދި އެކި ޖަމާއަތްތަކުން އުމްރާއަށް ދިޔަ ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިދިޔަ އަހަރުގެ ސްކޫލް ބޮޑު ބަންދާއި ދިމާކޮށް މިދިޔަ ޑިސެމްބަރު މަހު 7000 ވުރެ ގިނަ ދިވެހިން ވަނީ އުމްރާއަށް ގޮސްފައެވެ. މިހާރު ޖަމާއަތްތަކުން އުމްރާއަށް އާއްމުކޮށް ގެންގޮސްދެމުން އަންނަނީ ބޮލަކަށް 28،500 ގެ މަގުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;