އެމްއެންޑީއެފުން ބުނި އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 04:05 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި އެވެ.
ސިފައިން ބުނީ ގެއްލުނު މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުން ދިޔަ ޑިންގީއަކަށް ކަމަށެވެ.
އަދި އޭނަ އަށް އަވަސް ސިއްހީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފަ އެވެ. ފަރުވާ ދިނުމަށް ފަހު އެ މީހާގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ނުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;