ads
ވަޅިން ހަމަލާދީ މަރާލި އިބްރާހިމް އާގިލް
އާގިލްގެ މަރާ ގުޅިގެން މަރަން ހުކުމްކުރި ހަމްދޫން ހައިކޯޓަށް
އެމްއެމްއޭ ބިލްޑިން ހުންނަ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގައި، މަރަން ހުކުމްކޮށްފައިވާ، ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު މަރަން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
Advertisement

މިއީ، ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހާ މަރާލިކަން ސާބިތުވެ، ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު މަރަން ކުރި މައްސަލައެވެ. ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ހުކުމް ކުރީ، އޭނާގެ މައްޗަށް އާގިލް މަރާލިކަން ސާބިތުވެ، އާގިލްގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުންވުމުންނެވެ.

މި މައްސަލައިގައި ދައުލަތުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ. އެކަމަކު، ހަމްދޫން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.

ހަމްދޫން މަރަން ކުރި ހުކުމް، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެ މައްސަލަ މިހާރުވަނީ ހައިކޯޓަށް ބަލައިގަނެ، ރަޖިސްޓްރީކޮށްފައެވެ. އެކަމަކު އިސްތިއުނާފު ފަށާނެ ވަކި އިރެއް އަދި ނޭނގެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;