މާލޭ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
އޭގެ ފަހުން ހިމަބިހި ކޮންޓްރޯލް ނުވެ ފެތުރެމުން އަންނައިރު މިދިޔަ ހަފްތާގައިވެސްް މާލޭ ސަރަހައްދުން 22 މީހަކަށް އެބަލި ޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއާއިއެކު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 166 އަރާފައެވެ.
ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރޭގައި 2 ބިދޭސީއަކުވެސް ހިމެނެއެވެ.
ހިމަބިހި ކޮންޓްރޯލް ނުވެ ރާއްޖޭގައި ފެތުރެމުން އަންނައިރު ހިމަބިއްސަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދިޔަ 24 އަހަރުގެ ދިވެހި ޒުވާނަކު ވެސް މިހާތަނަށް ވަނީ މަރުވެފައެވެ.
ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ. އަދި މި ބަލި ރައްކާތެރިވުމަށް ވެކްސިންވެސް ދޭން ވަނީ ފަށާފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދެނީ:
ހިމަބިހީގެ އަލާމާތްތައް:
މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި އެވެ. އެކަމަކު، އޭގެ ފަހުން 2023 ވަނަ އަހަރުވެސް އެ ބަލި ރާއްޖޭން ފެނިފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;