ads
ނައިފަރު ބިން ހިއްކާ ނިންމާފައި
ނައިފަރުން 45 ހެކަޓަރު ބިން ހިއްކާ ނިންމައިފި
ނައިފަރުން 45 ހެކަޓަރު ބިން ހިއްކާ ނިންމައިފިއެވެ.
Advertisement

ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ، ރައީސް މުއިއްޒު ޅ.އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ކުރެއްވި ޒިޔާރަތުގައި މިދިޔަ އަހަރުގެ 28 އޮކްޓޫބަރު 2025 ގައެވެ. 

ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރިއިރު އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރުން އޮތީ ފަށާފައެވެ. ބިން ހިއްކާ ސައިޒް ބޮޑުކުރީ މި ސަރުކާރުގެ އާބަން ސެންޓަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުންނެެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 679 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކުރީ 1 އަހަރާ 9 މަސް ދުވަހުން ނިންމާގޮތަށެވެ. 

މި މަޝްރޫއުގެ ދަށުން ނައިފަރުން 44.8 ހެކްޓަރުގެ ބިން ހިއްކާ ހިއްކި ބިން ހިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;