ޓޫރިޒަމް މިނިސްޓްރީން ބޭއްވި ބުރަބި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ރިސޯޓު ހަދަން 29 ރަށް، އެއީ 13000 އަށް ވުރެ ގިނަ އެނދު
18 ޑިސެމްބަރ 2019 - 09:06:57
ރިސޯޓު ހެދުމަށް އިތުރު 29 ރަށެއް ކަނޑައަޅައި އެ ރަށްތައް ސަރުކާރުން އިއުލާނުކޮށްފި އެވެ.

ސަރުކާރުން މިކަން އިއުލާންކުރީ ދަރުބާރުގޭގައި "ބުރަބި" ނަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
މިރަސްމިއްޔާތުގައި ވަނީ މީހުން ދިރިއުޅޭ ފަސް ރަށެއްގައި ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ނިންމާ އެކަންވެސް އިއުލާންކޮށްފަ އެވެ. އެގޮތުން ބިން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ހއ. އުލިގަމުން 23 ހެކްޓަރުގެ ބިން، ލ. ގަމުން 19 ހެކްޓަރުގެ ބިން، އައްޑޫ ސިޓީން 16 ހެކްޓަރުގެ ބިން، ހއ. ކެލާ އިން 8.5 ހެކްޓަރުގެ ބިން، ފުވައްމުލަކުން ދެ ހެކްޓަރުގެ ބިން، ގދ. ވާދޫން 0.5 ހެކްޓަރުގެ ބިން އަދި ހދ. ނޮޅިވަރަންފަރުން ވެސް 0.5 ހެކްޓަރުގެ ބިމެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓް ހަދަން އަލަށް ދޫކުރާ ރަށްތަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ކުއްޔަށް ދޫކުރާ ބިންތައް ތަރައްގީކޮށް ނިމުމުން ޖުމްލަ 13،720 އެނދު މުޅިން އަލަށް މާކެޓަށް ނެރެވި 18،672 ވަޒީފާ އުފެއްދޭނެ ކަމަށެވެ.
ރިސޯޓް ހަދަން ދޫކުރަން ނިންމާފައިވާ ރަށްތަކަކީ:
ހއ. ދައްޕަރު (1،000 އެނދު, 2،000 ވަޒީފާ)
ހއ. މާފިނޮޅު (425 އެނދު، 632 ވަޒީފާ)
ހއ. އަލިދުއްފަރުފިނޮޅު (233 އެނދު, 349 ވަޒީފާ)
ހއ. މެދުފުށި (317 އެނދު، 249 ވަޒީފާ)
ހދ. ހޮނޑައިދޫ (500 އެނދު، 800 ވަޒީފާ)
ހދ. ވައިކަރަމުރައިދޫ (436 އެނދު، 600 ވަޒީފާ)
ހދ. ކުޑަފަރު ފަސް ގަނޑު (233 އެނދު، 349 ވަޒީފާ)
ށ. ނަލަންދޫ (1700 އެނދު، 2،000 ވަޒީފާ)
ށ. ކުޑަޅައިމެންދޫ (400 އެނދު، 600 ވަޒީފާ)
ށ. ފުށިފަރު (233 އެނދު، 349 ވަޒީފާ)
ނ. ކުންނަމަލައި (250 އެނދު، 300 ވަޒީފާ)
ރ. އެގިލި (200 އެނދު، 300 ވަޒީފާ)
ރ. އަލިފުށީ ފަޅު ތެރެއިން 10 ހެކްޓަރުގެ ބިން ހިއްކައިގެން (200 އެނދު، 300 ވަޒީފާ)
މ. ސީދީހުރާ (200 އެނދު، 300 ވަޒީފާ)
މ. ބޯހުރާ (200 އެނދު، 300 ވަޒީފާ)
ފ. އެނބުލުފުށި (200 އެނދު، 300 ވަޒީފާ)
ފ. ޖިންނަތަގުއު (200 އެނދު، 300 ވަޒީފާ)
ތ. ކާއްޑޫ (200 އެނދު، 300 ވަޒީފާ)
ތ. ކަނިމީދޫ (200 އެނދު، 300 ވަޒީފާ)
ތ. އޮޅުފުށި (200 އެނދު، 300 ވަޒީފާ)
ލ. ކަށިދޫ (233 އެނދު، 349 ވަޒީފާ)
ލ. ދޮންބެރަހާ (233 އެނދު، 749 ވަޒީފާ)
ލ. ބޮޑުމުންޏަފުށީގައި (233 އެނދު، 300، ވަޒީފާ)
ގއ. މާރެހާ ފައި (494 އެނދު، 200 ވަޒީފާ)
ގއ. ފުނަދޫވިލިގިއްލާ (233 އެނދު)
ގދ. ފެރޭތަވިލިގިއްޔާ (233 އެނދު، 300 ވަޒީފާ)
ގދ. ކަނޑަހަލަގަލާ (215 އެނދު، 200 ވަޒީފާ)
ގދ. ކަޑެވާރެހާ (200 އެނދު، 309 ވަޒީފާ)
ސ. ހަންކެޑެ (207 އެނދު، 309 ވަޒީފާ)
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓް ހަދަން ރަށްތަކެއް ކަނޑައެޅި އިރު ރައްޔިތުން ބޭނުންވާ ގޮތްތައް ބަލައި ރިސޯޓް ހަދަން ރައްޔިތުން އެދިފައިވާ ރަށްތަކަށް އިސްކަން ދީފައިވާނެ ކަމަށެވެ. އަދި ރަށްތައް ކަނޑައެޅިއިރު އެކަން ކުރީ ސަރުކާރުގެ ކަމާ ގުޅޭ އެހެން އިދާރާތަކާ މަޝްވަރާކުރުމަށްފަހު ރަށްތަކެއް ތަރައްގީކުރުމުން ތިމާވެށީގެ ގޮތުން ކުރާނެ އަސަރުތައް ބަލައި އަދި އެހެން މަސައްކަތްތަކަށް މުހިއްމު ރަށްތައް އެ މަސައްކަތަށް ލިބޭނެ ގޮތް ބަލައިގެން ކަމަށެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ރިސޯޓް ހަދަން އަލަށް ކަނޑައެޅި ރަށްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މިދައުރު ނިމުމުގެ ކުރިން ހުޅުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި މިރަށްތަކުގެ ބީލަމުގެ މަރުހަލާ ނިންމާ މަސައްކަތް ފެށޭ ވަރު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރުވެސް 140 ރަށެއްގައި ރިސޯޓު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު 70 ރަށެއްގެ މަސައްކަތް ނުހެދި އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އަދި ރާއްޖޭގައި 150 ރިސޯޓް މިހާރު އޮޕަރޭޓް ކުރަމުން ވެސް އެބަދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް