މި އެއްބަސްވުން ހަދާފައި ވަނ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެވެ.
އެއްބަސްވުމުގައި އެމްއެމްއާރްއައިގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހުމަދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީން ކުރިއަށް ގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރުތައް މޮނިޓަރކުރުމާއި، އެ ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމުގައި އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވެ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދެ ފަރާތުންވެސް ގަބޫލު ކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;