ads
ބަޔަކު ނުކުމެ ވިލިމާލޭ ބަގީޗާގައި ހުރި ގަހެއް ކަނޑަނިކޮށް ކައުންސިލުން ހުއްޓުވަނީ
ވިލިމާލެއިން އަނެއްކާ ގަހެއް ކަނޑަނީ، ކައުންސިލުން ހުއްްޓުވައިފި
ވިލިމާލެއިން އަނެއްކާ ގަހެއް ކަނޑަނިކޮށް ކައުންސިލުން ނުކުމެ ހުއްްޓުވައިފިއެވެ.
Advertisement

މާލެ ސިޓީ ކައުންސިލުން ބުނީ، ކައުންސިލްގެ ބެލުމުގައި ދަށުގައިވާ ވިލިމާލޭގެ ވިލިދޫނި ބަޤީޗާގެ ގޯތިތެރޭގައި ހުރި ގަހަކަށް ބަޔަކު ވަދެ ގެއްލުން ދެމެން ދަނިކޮށް އެކައުންސިލުން ވަނީ ހުއްޓުވާފައިވާކަމަށެވެ. 

ކައުންސިލުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުން ބަޔަކު ނުކުމެ ކަނޑާަލަން މަސައްކަތް ކުރަންދިޔައީ އެ ބަޗީގާގެ ހުރި ބޮޑު ގަހެކެވެ. ކައުންސިލުން އެ ބަގީޗާއަށް ވަން އިއރު އެކަކު ގަހުގެ މަތީގައި ހުރެ ޖިގްސޯއަކުން ގަހުގެ ގޮފިތައް ކަނޑަމުން ދިޔައިރު އިތުރު މީހަކު އެ ގަހުގެ ތިރީގައި ހުރި ޖިގްސޯއަކުން ގޮފިތައް ކަނޑާތައް ކައުންސިލުން އާއްމުކުރި ފޮޓޯތަކުން ފެނެއެވެ. 

your imageބަޔަކު ނުކުމެ ވިލިމާލޭ ބަގީޗާގައި ހުރި ގަހެއް ކަނޑަނިކޮށް ކައުންސިލުން ހުއްޓުވަނީ

ވިލިދޫނި ބަގީޗާގެ ގަހެއް ކަނޑަނިކޮށް ކައުންސިލުން ހުއްޓުވާފައި މިވަނީ މި މަހުގެ 14 ވަނަ ދުވަހު ހަމަ އެ ޕާކުގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ. 

އެ ނިކަ ގަސް ކަނޑާލުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް މީހަކު އެކްސްގައި ޕޯސްޓެއް ކުރުމުން މާލޭ ސިޓީ ކައުންސިލުން ބުނީ އެ ގަސް ކަނޑާލުމުގައި ކައުންސިލްގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;