ފުލުހުން ބުނީ މި ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ދިނެޝް ކުމާރު މުރްގެސަން، އިންޑިއާ (26އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށް ފުލުހުން ބުނެއެވެ.
އެ އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް 1 ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18 ފުޅި ފެނިފައިވާކަމަށާާއި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 53 ފުޅި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;