ads
ކަރަން ވާހީ--
އެކަނި ދިރިއުޅެ އުޅެ ކަރަން ވާހީ މި ލޮކްޑައުނުގައި ފޫއްސެއް ނުވޭ!
ޓީވީ ތަރި ކަރަން ވާހީ އެކަނި މައި އެކަނި ދިރިއުޅެމުން އަންނަތާ މިހާރު 16 އަހަރު ވެއްޖެ އެެވެ. ފިލްމު ސިޓީގެ ގޮތުގައި ސިފަ ކުރާ މުމްބާއީގައި ދިރިއުޅޭ ކަރަން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެގޮތަށް އެކަނި ދިރިއުޅެ އުޅެ އެގޮތަށް ހޭނިފައިވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ ކަރަން ބުނީ މި ލޮކްޑައުނުގެ ދުވަސްތައް ވެސް ދަނީ އެހެން އާދައިގެ ދުވަސްތަކާއި އެއްގޮތަށް ކަމަށެވެ. ލޮކްޑައުނުގެ ސަބަބުން މާބޮޑު ތަފާތު ކަމެއް ނުކުރާކަން ފާހަގަކޮށް ކަރަން ބުނީ ކުރިން ވެސް މަސައްކަތެއް ނެތް ނަމަވެސް އޭނާ އުޅެނީ ގޭގައި ކަމަށެވެ. 

ކުރިޔާ ހިލާފަށް އޮތް ހަމައެކަނި ތަފާތަކީ ކުރިން ގެއަށް އަންނަ ރައްޓެހިންނަށް ލޮކްޑައުނުގެ ސަބަބުން ގެއަށް ނާދެވުން ކަމަށް ވެސް ބުންޏެވެ. 

ސްޕެއިންގައި އުޅުމަށް ފަހު ކަރަން އެނބުރި އިންޑިއާއަށް ދިޔައީ މިދިޔަ މާޗު މަހުގެ ހަ ވަނަ ދުވަހެވެ. އޭރު ހަލުވިކަމާއެކު އިންޑިއާގައި ވެސް ބަލި ފެތުރެން ފަށާފައިވާތީ އެއާޕޯޓުގައި ސްކްރީން ކުރުން ވެސް ކުރިއަށް ގެންދިޔަ އެވެ. ކަރަން ބުނީ ކޮވިޑް-19 ގެ އެއްވެސް އަލާމަތެއް ހުރިތޯ އޭނާގެ ޗެކް ކުރި ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ކަރަންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލުތަކެއް ނަޔަސް، އޭނާ ބުނީ ބައެއް ޕްރޮޖެކްޓްތަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ޕްރޮޑިއުސްކުރާ އާ ޝޯއެއްގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފައި ކަމަށް ބުންޏެވެ. އަދި ބުނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެ ޝޯގެ ސްކްރިޕްޓް އިތުރަށް ރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަރަން އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އޭނާ ވަނީ ޓީވީ ޝޯތަކުގެ އިތުރުން ބޮލީވުޑުގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން "ދާވަތު އީ އިންގް" އާއި "ހޭޓް ސްޓޯރީ 4" އިން ވެސް ކަރަން ވަނީ ފެނިގެން ގޮސްފައެވެ. ކަރަން އަކީ އެކްޓަރެއްގެ އިތުރުން ހޯސްޓެއް ވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް