ads
ދައުރުވަމުންދާ ވީޑިއޯއިން ނަގާފައިވާ މަންޒަރެއް
ބްރިޖިމަތީ ސްޓަންޓު ޖެއްސި ސައިކަލްތަކެއް ޓޯ ކޮށްފި
އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ފުލުހުން ޓޯ ކޮށްފިއެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސިނަމާލޭ ބްރިޖުގެ ހައިވޭ މަތީގައި ބާރު ދުވެލީގައި ހަތަރު ސައިކަލެއް ދުއްވައިފައިދާ މަންޒަރެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވި މީހުން ސައިކަލު މަތީ ބަނޑު އަޅައި، އޮށޯވެގެން ބާރު ދުވެލީގައި ދުއްވައިފައިދާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ ބްރިޖުމަތީ ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފައިވާ ކަމަށެވެ. އެހެންނަމަވެސް ސައިކަލް ދުއްވި މީހުންނަށް ފިޔަވަޅެއް އެޅިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން މާލޭ ސަރަހައްދުގައި އެންމެ ގިނަ އެކްސިޑެންޓް ހިނގަނީ ބުރިޖާއި ހައިވޭގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;