އުރީދޫ އިން ބުނީ މިނިވަން-61 ޑޭޓާ ޕެކްއިން ފެށިގެން، ޑޭޓާ ޕެކް ހަދިޔާ ކުރުމާއި، މިނިވަންދުވަހު ވަކި ވަގުތެއްގައި ހިލޭ ކޯލާއި މެސެޖާއެކު، މި މިނިވަން ދުވަހުގެ އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، ޝެއާކޮށް، އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށެވެ.
މިނިވަން ދުވަހުގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި އިންޓަނެޓް ބޭނުންކުރުމަށް، އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ (24 ގަޑިއިރަށް) ނެންގެވޭނެ އެވެ. މި އޮފާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެކްޓިވޭޓްކޮށްލެވޭނެ އެވެ. މި އޮފާ ކުރިއަށްދާނީ ޖުލައި 25 އިން ޖުލައި 31 ގެ ނިޔަލަށެވެ.
މިނިވަން ދުވަހުގެ އުފަލުގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުލައި 26 ވަނަ ދުވަހުގެ 15:00 އިން 16:00 އަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭނެ އެވެ.
މިއީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހައްސަކޮށް ބައިވެރިވެވޭ އޮފާއެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެ
އުރީދޫން ބުނީ މިނިވަން ދުވަސް ފާހަގަކުރާ އިރު ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި އުފާވެރިކަން ހިއްސާކުރުމާއި ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށް ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެެއް ކަމަށެވެ.
މި އޮފާތައް ސީދާ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;