ads
ދަރިފުޅު - 39 ވަނަ ބައި
އެޕިސޯޑް 39
Advertisement

"ބުނާނެ އެއްޗެއް ނެތް.. އައެމް ސޯ ޕްރައުޑް އޮފް ޔޫ، ސޯ ޕްރައުޑް އޮފް ޔޫ ޕްރިންސެސް! އުމުރުގެ އެންމެ ނާޒުކު ވަގުތުގައި ތަހަންމަލް ތިކުރީ، އިންސާނެއްގެ ދުލުން ބަހެއް ބުނެވޭނެ ނުވަތަ ގޮތެއް ކިޔޭނެ ވަރުގެ ތޫފާނެއް ނޫން.. ދުނިޔޭގެ ކޮންމެ ތޫފާނަކީ ފިލާވަޅެއް.. އެ ފިލާވަޅުން އިބްރަތް ލިބިގަނެ، ދުނިޔަވީ އިމްތިހާނުން ފާސްވުމަކީ އާންމު އިންސާނެއްގައި ހުންނާނެ ގާބިލްކަމެއް ނޫން..! އަހަރެންގެ އެ އުމުރުގައި  އަވަދިނެތި އުޅުނީ އެންމެ ފުރިހަމަ ތައުލީމުން އެންމެ ފިލާވަޅެއްވެސް އުނިކޮށްލެވިދާނެތީ.. އޭގެ ފަހުގައި ތެޅިފޮޅުނީ ކޮންމެވެސް މީޓިންގއަކަށް ގަޑިޖެހިދާނެތީ ނުވަތަ އަމިއްލަ އެކައުންޓުތަކުގެ ފައިދާ މަތިކުރެވޭނެ ކުރިއެރުންތަކެއް ދިރާސާކުރުމުގައި.. ތިޔަފަދަ ބާރުގަދަ ކޮޅިގަނޑެއްގެ ނުރައްކަލުން އަމިއްލައަށް މިންޖުވެވުމަކީ އަހަރެން ކަހަލަ މީހަކަށް ފާސްވެވޭނެ އިމްތިހާނެއް ނޫން.." 

އަހަރެންގެ ސިކުނޑި ހަލަބޮލިވެފައިވާ މިންވަރު ކައިރާއަށް ވިސްނޭނެ އެވެ.  ދުލުން ހާމަ މިކުރީ ހަގީގަތެވެ.

ކައިރާ ހިނިތުންވި އެވެ.

އޭނާގެ ލުއި ހިނިތުންވުމުން އަހަރެންގެ މޭ ވައިބްރޭޓްވެލައިފިކަން އެނގުމުން ހަށިފުރައި ނޭވާއެއް ލީމެވެ. 

އެ ހީލުމަކީ އަހަރެންގެ ހިތުގެ ކާނާ އެވެ. 

އެ އަޑު އަހައިލުމަށް މި ނަފުސު އެދޭ މިންވަރު ހާމަކުރުމަށް އަހަރެންގެ 'ބަސް ފޮތް' ތަނެއް ނުދެ އެވެ.

''ތިއީ އަހަރެންނަށްޓަކައި މާތްﷲ ލެއްވި ނިއުމަތެއް.. ކައިރާ ތި ހާމަކުރި ބިރުވެރިކަމާއި ނާންމާން ކަމަށް ތަސައްލީއެއް ގެނެސްދިނުމަށް، އަހަރެންގެ ދުލުން ކޮންމެވެސް ތައުރީފެއް ނުވަތަ ހިތްވަރުގެ ބަހެއް އަޑުއިވުމަށް އެދޭނެކަން  ޔަގީން.. އެކަމަކު ޕްރިންސެސް، އެފަދަ އެންމެ ލަފުޒެއްވެސް އަހަރެންގެ އިލްމުގައި ނެތް! ހުއްދަ ލިބިގެންވާނަމަ، ކައިރާގެ ކުރިމަތީގައި އަހަރެންގެ ކަނދުރާ ތިރިކޮށްލާނަން.. އެކަމަކު، އެކަމުގެ އިޒްނަ ލިބިފައެއް ނެތް.. ތިވަރުގެ މާތް އަހްލާގެއްގެ ކެތްތެރި އަދި އެހެން މީހުންގެ އިހްސާސްތަކާއި އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމްކުރާ އިންސާނެއް އަހަރެން ދުވަހަކުވެސް ނުދެކެން.. އަމިއްލަ ފުރާނައާއި އަބުރާއި އިއްޒަތާއި ގަދަރަށް ބެލުމެއް ނެތި، ކުޑަކުޑަ ފުރާނައަކަށްޓަކައި ތިޔަވި ގުރުބާނީގެ އަގު ކޮންމެވެސް ދުވަހަކުން މާތްﷲ ދެއްވާނެ.. ޖެހިގެން އަންނަ ދުވަހުގެ އިރުގެ އަލިކަން ފެންނާނެކަމުގެ ޔަގީންކަން ނެތް ވަގުތުގައިވެސް އުއްމީދު ކަނޑާ ނުލި.. ފުރަމެންދަމުގެ އަނދިރި ކަމުގައި މާސިންގާ ބިޔަ ކަނޑުގައި ނޭވާގެ ކޮޅަށް ތެޅިފޮޅުނީ، އެހެން މީހެއްގެ ދަރިއެއްގެ ފުރާނަ ސަލާމަތްކޮށް އެ ދަރިފުޅަށްޓަކައި... އެފަދަ ގުރުބާނީއަކަށް މުޅި އުމުރު ހިބަކުރި އަންހެން ކުއްޖަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ.. އިން ޝާ ﷲ ކޮންމެވެސް ދުވަހަކުން، ކައިރާގެ ކޮންމެ ގުރުބާނީއެއްގެ އަގު ބީނިޝް އަދާކުރާނެ" 

އަހަރެންގެ ހިތުގައި އޮތް ގޮތަށް ބުނީމެވެ. ދުލުން ބޭރު ކުރެވުނީ އެންމެ އެކަށީގެންވާ ބަސްތަށްކަމަށް ނުވެދާނެ އެވެ. އެކަމަށް ކައިރާގެ ކިބައިން މައާފު އެދެމެވެ.

"މި ދުނިޔޭގައި އަހަރެންގެ ހުރީ ހަމައެކަނި ބީނިޝް، އެ ނޫން އުއްމީދެއް އަހަރެންގެ ނެތް" ލުއި ހިނިތުންވުމަކާއެކު ކައިރާ ބުންޏެވެ.

ކައިރާގެ ނިއްކުރިއާއި ބޮލުގެ އެތަންމިތަނުގައި ބޮސްދިނީމެވެ. 

ދެއަތުގެ ތެރޭގައި ބޮނޑިކޮށްލީމެވެ. 

ހިތާއި އެ ނަފުސުގައި ރިހެމުންދާ އެ ރިހުމަށް ލުޔެއް ހޯދައިދެވޭނީ ކިހިނެއް ހެއްޔެވެ؟

ކައިރާގެ ސިކުނޑީގައި އުތުރި އަރަމުންދިޔަ އިހްސާސްތައް އަންދާޒާ ކުރުމަށް އަހަރެންގެ ހިތާއި ނަފުސު ނުކުޅެދޭކަން ޔަގީނެވެ. 

އަހަރެންގެ މޭގައި ބޯ އަޅާލާފައި ހަމަޖެހިލުމުން އެ ހަށިގަނޑުގައި އަހަރެންގެ ދެ އަތް ވަށައިލީމެވެ. 

"ހަމަ އެންމެ ސުވާލެއްވެސް ނެއްތަ؟" ކައިރާގެ ސުވާލު، އަހަރެންގެ މައިބަދައިގައި ތުރުތުރު އަޅުވައިލި އެވެ. 

ހަގީގަތުގައިވެސް  ސުވާލެއް އެބައޮތެވެ.

"އައި ހޭވް ވަން!" އަހަރެން ބުނީމެވެ.

"އާސްކް މީ"

"މީގެ މަހެއްހައި ދުވަސް ކުރިން ކައިރާގެ އެޕާޓްމަންޓަށް އައީ ކާކު؟"

"ޔަހުޔާ މޫސާ، މައި ޑޭޑް..!" 

އަހަރެންގެ ދެ ފައި ދަށުން ބިންގަނޑު ދެމިގަތެވެ. 

ބިރުވެރި މި އަޑުތަކަށް އަހަރެންގެ ކަންފަތް ތައްޔާރުކުރާނީ ކިހިނެއްބާއޭ ހިތަށް އެރި އެވެ. 

ހުއްޓުން އަރާފައި އިންދައި ކައިރާގެ އަޑު އަހަރެންގެ ސަމާލުކަމަށް އައިކަން ނަސީބެކެވެ.

"މަހެއްހައި ދުވަސްކުރީން އައީ އަހަރެންގެ ބައްޕަ! އެކަމަކު އަހަރެންނަށް ބިރުދައްކައި ނަފްސާނީ ގޮތުން ބަލިކަށިކޮށް، އެމީހުން ގާތަށް އަލުން އައުމަށް އަމުރު ކުރުމަށް، އެތަށް ބަޔަކު އަހަރެން ދިރިއުޅުނު އެޕާޓްމެންޓަށް ފޮނުވާ.. މިދިޔަ މަހުގެ އެ ހާދިސާގެ ނުރައްކާ ބޮޑުވީ އަހަރެންގެ ދިފާއުގައި، އަހަރެންގެ ދަރިފުޅު ތެދުވުމުން.. އުމުރުން އެންމެ ދެ އަހަރުގައިވެސް ހެޔޮ ނުބައި ވަކިކުރަން ބީނިޝްއަށް އިނގޭނެ.. ހަމަލާ ދިނުމުން، ބައްޕަ ކޮއްޕާލުމަށް ބީނިޝް މަސައްކަތް ކުރީތީވެ، އަތުކޮޅަށް އަހަރެންގެ ދަރިފުޅު ހޫރުވާލީ މި ދެ ލޯ ކުރިމަތީގައި.." 

ދެ ތުންފަތް ތުރުތުރު އަޅުވާލައިފައި ކައިރާއަށް ރޮވިއްޖެ އެވެ. ދެ ލޯ ފުރައި ކަރުނަ އޮހޮރިއްޖެ އެވެ. 

އަހަރެންގެ ހިތް ކުދިކުދިވެ ފުނޑުފުނޑު ވިޔަސް، މިވަގުތު ޖެހޭނީ ކެތްކުރާންކަން ހިތަށް ވިސްނައިދިނީމެވެ. 

"އިނަފް! ދެން ނުރޮއެ، ހުއްޓާލާ..! ކައިރާއާއި ބީނިޝް ރައްކާތެރިކުރާނީ އަހަރެން.. ތި ދެމައިން ހިމާޔަތްކުރާނަން" އަހަރެން ވައުދުވީމެވެ.

"އައި ނޯ! އައި ޓްރަސްޓް ޔޫ!" ކައިރާގެ ބޮލުގައި އަހަރެން ބޮސްދިނުމުން އޭނާ ބުނެލި އެވެ.

އެއަށްފަހު އައީ ހިމޭން ވަގުތުކޮޅެކެވެ. 

ނޭވާގެ އަޑު ނޫނީ މިދެމެދުގައި ނުވެ އެވެ.

ހިމޭންކަން ފޫއަޅުވާލީ އަހަރެންނެވެ.

"އައި ވޯންޓް ޔޫ ޓު މެރީ މީ..، އަހަރެންނާއި ކައިވެނިކުރަން ކައިރާ ތައްޔާރުތަ؟" 

ސާފު އިބާރާތުން ކައިވެންޏަށް، ކައިރާގެ ކިބައިން އެދުނީމެވެ.

މުޅި ސިޓިންގރޫމްގައި ގުގުމާލީ ހުނުމުގެ އަޑެވެ. 

ދެ ބުމަ ގޮއްޖަހައިލާފައި ކައިރާގެ މޫނަށް ބަލައިލީމެވެ.

"ތިވަރަށް ހޭން ޖެހުނު ސަބަބެއް ބުނެދީފާނަން..؟" ހައިރާންވެފައި ސުވާލުކުރީމެވެ.

"މާލިކްގެ 'ޓޮޕް ފްލޯރ' އޯކޭތަ؟ ލިބުނު ޝޮކެއްގައި ސިކުނޑިއަށް ގެއްލުމެއް ލިބުނީތަ؟ ނޫނީ މަސްތުގެ ހާލަތުގައިތަ؟" ހިނިގަނޑުގެ ތެރެއިން އަހަރެންގެ ބޮލުގައި އިނގިލި ޖައްސާލާފައި، ކައިރާ ސުވާލުކުރި އެވެ. 

"ހޫމްމމ.. މަސްތުގެ ހާލަތުގައި.. ކައިރާގެ ލޯބީގެ މަސްތުގައި!" މިއީ ހަގީގަތެވެ. 

ވާ ލޯބި އެންގޭކަށް ނެތެވެ.

ހެދެމުން މިދާ ލޯބީގެ މިންވަރެއް ނެތީ އެވެ.

ހާމަކުރެވޭނެ އަލްފާޒެއްވެސް ނެތީ އެވެ. 

އެކަމަށް އަހަރެން ފަރިތަވެސް ނޫނީ އެވެ.

"ޖަވާބަކީ ކޮބާ؟" ސީދާ ޕޮއިންޓަށް ދިއުމަކީ އަހަރެންގެ ސިފައެކެވެ.

"މާލިކް، ޔޫ ކާންޓް ބީ ސީރިއަސް"

"މިއީ ޖޯކެއްހެން ކައިރާއަށް ހީވޭތަ؟"

އިސް އުފުލާލުމަށްފަހު ތަފާތު ނަޒަރަކުން އަހަރެންގެ މޫނަށް ބަލައިލި އެވެ. ދެ ލޯ ދުޅަވެފައިވިޔަސް އެއަށްވުރެން ރީތި ދެ ލޮލެއް މި ދުނިޔެއިން އަހަރެން ދުވަހަކުވެސް ނުދެކެމެވެ.

"މާލިކް....'' ވައި އަޑުން އަހަރެންގެ ނަން ބޭރުވި އެވެ. 

ޖަޒްބާތީ މި ވަގުތުގައި، ކައިރާގެ ދެ ލޮލާއި މޫނު ވަރަށް ރަގަޅަށް ދެނެގަތީމެވެ. 

"އަހަރެން ހަމަ ވަރަށް ސީރިއަސް"

"މާލިކްއަށް އަހަރެންނާއި ބެހޭގޮތުން އެނގެނީ ކޯންޗެއް؟ ދެމީހުން ބައްދަލުވެގެން ފާއިތު މިވީ އެންމެ ދެ މަސް.. ކައިވެންޏަކީ ވަރަށް ބޮޑު ލަފްޒެއް..!"

"ބޭކާރު ވާހަކައަކީ އަހަރެންގެ ތަބީއަތުގައި ލެއްވި ސިފައެއް ނޫން.. ވަރަށް ސީރިއަސްކޮށް ނޫނީ ކަމަކަށް ނޭދޭނަން.. މިވަގުތު ގަޑިން މެންދަމުން އަލިވެ ދޭން ޖަހަން ކައިރި ވަނީ.. ވިސްނާލުމަށް މުއްދަތެއްގެ ގޮތުގައި ހެނދުނާއި ހަމައަށް ވަގުތުދީފިން.." (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;