ads
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި
"އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު"ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.
Advertisement

ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހުތިރާމުކުރުމުގެ ރީތި އާދަ އަލުން ދިރިވުމަށް ގައުމީ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެކު ކުރިއަށް ގެންދާ އެ މަޝްރޫއުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައި، އެ މަޝްރޫއުގައި ބައިވެރިވާ މީޑިއާތަކާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާނީ ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ އެވެ. 

ފަސް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ މަޝްރޫއުއަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިހުތިރާމުގެ އުފާ- މުޖުތަމައުގެ ނަފާ" އެވެ. 

ލޯގޯ ފަރުމާ ކުރުމުގައި ބަލަން ޖެހޭ ކަންކަން:

  • އިސްލާމް ދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުން.
  • ލޯގޯގައި ބޭނުން ކުރެވޭ ކުލަތަކަކީ ދިވެހި ގައުމާއި، އަދި ދިވެހިންގެ މާހައުލާއި ގުޅޭ ކުލުތަކަކަށްވުން.
  • ލޯގޯއަކީ ބެޖުގެ ގޮތުގައި އާއި ސްޓިކާގެ ގޮތުގައި ބޭނުން ކުރަން ފަަސޭހަ ފަރުމާއަކަށްވުމާއި، ބެނާ އާއި ޗާޕް ކުރާ ލިޔުންތައް ފަދަ ތަކެތީގެ އިތުރުން ޓީޝާޓްގައިވެސް ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުން.
  • އިލްކެޓްރޯނިކް މީޑިއާގައި އާއި އެނިމޭޝަން އަދި ވީޑިއޯތަކުގައި ބޭނުން ކުރެވޭނެ ލޯގޯއަކަށް ވުން.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ލޯގޯ ފަރުމާކުރުމުގައި ބައިވެރިވެވޭނެ އެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ. އެއް ވަނައަށް ހޮވޭ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000ރ. ލިބޭނެ އެވެ. 

އެ މަޝްރޫއުގެ މީޑިއާ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމުގެ ކުރިން ހުރިހާ މިނިސްޓްރީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ވެސް މަޝްވަރާކޮށް ހިޔާލު ހޯދާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;