ads
ދިރާގު ޕޯސްޓްޕެއިޑަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ ދެނީ
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް މުޅިން ހިލޭ ބޭނުންކުރެވޭނެ ހާއްސަ އޮފާއެއް އިއުލާންކޮށްފި އެވެ.
Advertisement

މި އޮފާގެ ދަށުން، ޕޯސްޓްޕެއިޑް 750 އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، އިތުރު ފީއަކާނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް އެކްޓިވޭޓް ކުރެވޭނެ އެވެ. މިއީ ދިވެހި އުފެއްދުންތަކާއި، ފިލްމު އަދި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ޕްރޮގްރާމްތައް ހިލޭ ބަލައިލުމަށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ. 

މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް، "ލިމިޓްލެސް 21" ޑޭ ބޫސްޓާ އެކްޓިވޭޓް ކޮށްގެން މި ހިދުމަތް ހިލޭ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މިގޮތުން، ބޫސްޓަ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް، އެ ބޫސްޓާގެ މުއްދަތު ހަމަވަންދެން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭނެ އެވެ. 

ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން، މި އޮފާއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް މީޑިއާނެޓް ވީޑިއޯކްލަބްގެ ހިދުމަތް ފަސޭހަކަމާ އެކު އެކްޓިވޭޓް ކުރެވޭނެ އެވެ.

މި އޮފާއާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;