ads
ދިޔާނާ ސައީދު
ބެލްޖިޔަމަށާއި އީޔޫގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރުހުންދީފި
ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުގެ މަގާމަށް އައްޔަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
Advertisement

ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިޔާނާގެ ނަން ފޮނުއްވީ މި މަހުގެ ހަ ވަނަ ދުވަހެވެ. މި މަހުގެ ހަތްވަނަ ދުވަހު އޮތް ޖަލްސާގައި ރިޔާސަތުން ވަނީ ދިޔާނާގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިލައިފަ އެވެ.

މި މަހުގެ 15ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ ދިޔާނާއަށް ރުހުންދޭން ފެންނަ ކަމަށެވެ.

މިއަދު އޮތް ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 52 މެންބަރުން ވެސް ވަނީ ދިޔާނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.

އޮސްޓްރޭލިއާ އަދި ޖަޕާނުން ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ދިޔާނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަންވެސް ކުރައްވައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;